ޚަބަރު
އެއާޕޯޓު ލަގޭޖު އުފުލާ ވެހިކަލެއް އެކްސިޑެންޓުވެ މީހަކު މަރުވެެއްޖެ
އެއާޕޯޓުގައި ލަގެޖް އުފުލާ ވެހިކަލްއެއް ދުއްވަން އިން މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެއާޕޯޓު ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓް އަދި ކެމެރާ ސްޓްރަކްޗާ ހަރުކޮށްފައިވާ ބުޑުގަނޑުގައި ޖެހި އެކްސިޑެންޓެއަ ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

މި އެކްސިޑެންޓުގައި ވެހިކަލް ދުއްވަން އިން މީހާ އެންމެ ފުރަތަމަ ގެންދިޔައީ އެއާޕޯޓު ކުލިނިކަށެވެ. އަދި އިތުރު ފަރުވާއަށް 9:28 ހާއިރު އައިޖީއެމްއެޗަށް ވަނީ ފޮނުވާފައެވެ.

އެހެން ނަމަވެސް ކުލިނިކަށް ގެންދިޔަ އިރުވެސް މީހާ މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު