ޚަބަރު
ދިރިއުޅުމަށް ހުޅުމާލެއިން އިތުރު 18 ބިމެއް ވިއްކަން ހުޅުވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހި. އަނެއްކާ އިތުރު ބިންތަކެއް ވިއްކަން ހުޅުވާލައިފި
ހުޅުމާލެ ފޭސް 2 އިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ވިއްކުމަށް މެއި މަހު ހުޅުވާލި ބިންތަކުގެ އިތުރުން 18 ބިމެއް ބީލަމަށް ލައިފި އެވެ.

މީގެ ކުރިން މެއި މަހު ހުޅުމާލެ، ބީޗް ސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތަށް އެޗްޑީސީން ހުޅުވާލިއެވެ.

އެ ލިސްޓަށް އިތުރު 18 ބިމެއް އިތުރުކޮށް، މިއަދު ކުރި އިއުލާނެއްގައި ވަނީ ބިންތައް ބީލަމަށް ލާފައެވެ. އޭގެ ތެރޭގައި ބީޗް ސައިޑުން 16 ބިމެއް ދޫކުރާނެއެވެ. ބާކީ ދެ ބިން ދޫކުރާނީ ބީޗް ފްރަންޓުންނެވެ.

މި 18 ބިމުގެ ތެރޭގައި 1،316 އަކަފޫޓުގެ 15 ބިމެއް ހިމެނެއެވެ. 

ދެން ހިމެނެނީ 1،454 އަކަފޫޓުގެ ބިމަކާއި، 1،261 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،584 އަކަފޫޓުގެ ބިމެކެވެ.

ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން:

  • ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން

  • ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ، ބިޑް ކުރުން


މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބީލަމަށް ކުރިމަތިލެވޭނެ އެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

މިދިޔަ މެއި މަހު ވެސް އެޗްޑީސީން 13 ބިމެއް ވިއްކަން ހުޅުވައިލި އެވެ. އެހެންވެ، މި އަހަރު އެޗްޑީސީން ވިއްކަން ހުޅުވާލި ބިމުގެ އަދަދު 47 އަށް އަރަ އެވެ.

މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލި އެވެ. އޭރު އެއް ބުރުގައި ވަނީ 17 ބިމެއް އަދި އަނެއް ފަހަރު 13 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު