ވިޔަފާރި
އެޗްޑީސީން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ގެރެންޓީ ދީފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ހިއްކާ ބިމަކަށް ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

މިއަދު މާލިއްޔަތު ކޮމިޓީގައި ވަނީ އެ ލޯނުގެ ތަފްސީލު އާންމުކޮށްފަ އެވެ. އެ ލޯނު އެޗްޑީސީއިން ނެގީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ހޯދުމަށެވެ.

އެޗްޑީސީން އެ ލޯނު ނަގަނީ 150 ހެކްޓަރުގެ ބިމެއް ހިއްކުމަށްފަހު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ ތަނުގެ ބިން ހިއްކަނީ، އެ ސަރަހައްދު ހަ ޒޯނަކަށް ބަހާލައިގެން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށެވެ. އެ ތަނުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް ގާއިމް ކުރުމަށް ވެސް ޕްލޭން ކޮށްފައިވެ އެވެ.

އެޗްޑީސީން މިދިޔަ އަހަރު ވެސް ވަނީ ސަރުކާރުން ގެރެންޓީ ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާގެ ލޯނު ނަގައިފަ އެވެ.

މިއަހަރު ރާއްޖޭގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު