ޚަބަރު
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މަގާމަށް 13 ނަމެއް ފޮނުވައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާމަށް 13 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ނަންތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ އެވެ. ރައީސްގެ ސިޓީގައި 13 ބޭފުޅެއްގެ ނަން ހިމެނެ އެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުން

  • ހަސަން ޒުހައިރު މުހައްމަދު - ގ. މާވާރުލު
  • އައިޝަތު އާދަމް - ރިވެލި، ރ. އަލިފުށި
  • އިބްރާހީމް ޝަރީފް - ގ. އަލިޝާ
  • ޝިފްޒާ އަބްދުލްގައްޔޫމު - ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހްމަދު ސައީދު - މ. ފަތްކޯނި ހުޅަނގު ބައި
  • އަބްދުﷲ އަބްދުލްހަކީމް - އަޒާންޕެލަސް، ޅ. ނައިފަރު
  • މުހައްމަދު އަމީން ޒާހިރު - ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ - ހ. ސޯސަން
  • އަބްދުލްޣަނީ މުހައްމަދު - ހ. ހޯސްޓްސައިޑް
  • އަހްމަދު އަލީ - ހުޅުމާލެ، ފްލެޓް ނަންބަރު 1/ޖީ/108
  • އަލީ ރިޒާ އިސްމާއީލް - ހުޅުމާލެ ހިޔާ 2 / 13 / 3
  • ފާތިމަތު ޝަފީނާޒް - ހުޅުމާލެ ގޯތި ނަންބަރު 11،021
  • މަޖީދު އަލީ - މަތަރެސްމާގެ، ގއ. ދާންދޫ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު އެވެ. މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ހަތަރު މެންބަރުން ވަކިކުރެއްވީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު