
މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމް ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.މަޖިލީހުން ބުނީ ނާޒިމްއާ އެކު މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމުގެ އިތުރުން ބައެއް މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާ ކަމަށެވެ.މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 24 އިން 25 ގެ ނިޔަލަށް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގަ އެވެ.