ޚަބަރު
އިޒްރޭލުން އީރާނަަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ފޮރިން މިނިސްޓްރީ: އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައި ފޮޓޯ/މިހާރު
ވައިގެ މަގުން އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

މި ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ އިސްރާއިލުން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމަށާއި، ސަރަހައްދީ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓައިލުމަށް ރާއްޖޭން އިސްރާއިލަށް ވަނީ ގޮވާލައިފައެވެ.

ހަމައެއާއެކު ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބައިނއަލްއަގުވާމީ މުޖުތަމައަށް ވެސް ވެސް ސަރުކާރުން ގޮވާލައިފައިވެއެވެ.

އިޒްރޭލުން ހަމަލާ ދިނީ މި މަހުގެ ފުރަތަމަ ދުވަހު އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ބުނެ ކުރިން އިންޒާރު ދިނުމަށް ފަހު އެވެ. އަލުން އީރާނުން ހަމަލާ ދީފި ނަމަ އަދާކުރަންޖެހޭ އަގު އަދި މާ ބޮޑުވާނެ ކަމަށް ބުނެ އިޒްރޭލުން ވަނީ އިންޒާރު ދިނެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އީރާނަށް ދިން ހަމަލާތައް ވަރަށް ކާމިޔާބެވެ. އަދި އެއްވެސް ހަމަލާއެއް އަމާޒުން ކައްސާލާފައި ނުވާ ކަމަށް ވެސް ބުންޏެވެ. 

މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް މިހާތަނަށް އާންމުނުކުރި ނަމަވެސް އީރާނުން ބުނެފައިވަނީ އެކަށީގެންވާ ގޮތެއްގައި އެ ހަމަލާތަކުން ދިފާއުވެވުނު ކަމަށެވެ. އަދި ގެއްލުން ކުޑަކުރެވުނު ކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު