ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖެއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
އިސްމާއިލް ރިޒާ
29 އޮކްޓޫބަރ 2024 - 21:47
0
comments
Tweet
Telegram
ދިވެއްސަކު ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނުން ހޮވާ މި މުބާރާތުގައި ވާދަކުރަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމް ކިޔާ ޒުވާނެކެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބާއްވަނީ އަންނަ މަހު 14 އިން 16 އަށް މެކްސިކޯގަ އެވެ.
އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ މިސް ޔުނިވާސްގައި ރާއްޖެއިން ވާދަކުރާ ޝައިނާ އަށް، މި މުބާރާތުގައި ވާދަކުރުމަށް މެކްސިކޯ އަށް ދިއުމަށް ވިސާ ހަމަޖައްސާދީފައިވާ ކަމަށެވެ.
މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް"ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. ހީ އެންޑް ޝީއަކީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް "ޓޮޕް މޮޑެލް" ވެސް ރާއްޖެއަށް ތައާރަފުކުރި ކުންފުންޏެވެ.
ޝައިނާ އަކީ "ޓޮޕް މޮޑެލް މޯލްޑިވްސް 2022" ކާމިޔާބުކުރި މޮޑެލް އެވެ. ޝައިނާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި "ވޯލްޑް ޓޮޕް މޮޑެލް"ގައި ވެސް ބައިވެރިވެ، ގަދަ 15 ގައި ހިމެނިފަ އެވެ. އެއީ އެ މުބާރާތުގެ ގަދަ 15 ގައި ރާއްޖެ ހިމެނުނު ވެސް ފުރަތަމަ ފަހަރެވެ. އަދި އެ މުބާރާތުގައި "ނިއު ފޭސް"ގެ އެވޯޑު ވެސް ޝައިނާ ހޯދި އެވެ.
މިއަހަރުގެ މުބާރާތުގައި 130 ގައުމަކުން ވާދަކުރާއިރު މަރިޔަމް ޝައިނާ މިސް ޔުނިވާސްގައި ވާދަކުރަނީ 108 ވަނަ ބައިވެރިޔާގެ ގޮތުގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭ ހަގީގީ ރީތި ނަމެއް ނެތް: ރައީސް
23 ދުވަސް ކުރިން
0
މިސް ޔުނިވާސްގައި ވާދަކުރާ ޝައިނާއަށް ޑިމޮކްރެޓްސްގެ މަރުހަބާ
24 ދުވަސް ކުރިން
0
މިސް ޔުނިވާސްގައި ބައިވެރިވުން ހުއްޓާލަން ސަރުކާރުން ގޮވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޣީބަބުނުމާއި އަބުރު ކަތިލުމުން ދުރުހެލިވޭ: ހުތުބާ
8 ގަޑިއިރު ކުރިން
0
އާރްޓީއައިއަށް ޖަވާބުނުދެވުނީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ
8 ގަޑިއިރު ކުރިން
0
ނަމާދުކުރަން ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން
0
ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ފެނިއްޖެ
8 ގަޑިއިރު ކުރިން
0