ޚަބަރު
ކުޅުދުއްފުށީ ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދައިފި
ކުޅުދުއްފުށީ ސަމޭދާން ގޭގައި މިރޭ ރޯވެ އަނދަނީ. - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށީ ސިޓީގައި ހުރި ގެއެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.

ސޯޝަަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަލިފާން ރޯވި ގޭގައި ވަރަށް ބޮޑަށް ހުޅުހިފައިފައި އޮތް މަންޒަރު ފެނެއެވެ.

މި ހާދިސާ ހިނގީ މިރޭ 21:00 ހާއިރެވެ.

އެ ސަރަހައްދުގައި ގިނަ އަދަދަކަށް މީހުން ހަރަކާތްތެރިވާ ތަނާއި އެމްއެންޑީއެފް ފަޔާ ރެސްކިއުގެ ސިފައިން އަލިފާން ނިއްވަން ހަކަރާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު