ވިޔަފާރި
ކުޅުދުއްފުށީ ބޯޓްޔާޑްގެ 95 ޕަސެންޓް ނިމިއްޖެ
ކުޅުދުއްފުށީގައި ހަދަމުން އަންނަ ބޯޓްޔާޑްގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން ބުނެފި އެވެ.

ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ތަރައްޤީކުރާ ބޯޓް ޔާޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އާއި މެނޭޖްމަންޓްގެ ބައެއް ބޭފުޅުންވަނީ ކުޅުއްދުއްފުށި ޕޯޓަށް ހުކުރު ދުވަހު ޒިޔާރަތްކޮށްފައެވެ.

15،000 އަކަ ފުޓޫގެ މި ބޯޓް ޔާޑުގެ 95 އިންސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޕީއެލުން ހާމަކުރެ އެވެ. 

އެ ކުންފުނިން ބުނީ މި މަހުގެ ތެރޭގައި ބޯޓްޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އިއުލާން ކުރާނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓް ޔާޑަކީވެސް މެރިޓައިމްގެ ހިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު