ޚަބަރު
އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް ހިތަދޫ ޕޯޓަށް
އިންޑިއާއިން 300 މެޓްރިކް ޓަނުގެ ކާގޯ ބަރުކޮށްގެން އައްޑޫ ސިޓީ، ހިތަދޫ ޕޯޓަށް ދަތުރުކުރަމުންދާ ބޯޓު، މި މަހުގެ 11ވަނަ ދުވަހަށް ބަނދަރުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާގެ ޓުޓިކޮރިންއިން ގާތްގަނޑަކަށް 300 މެޓްރިކް ޓަނުގެ މުދާ ހިފައިގެން "އެމްވީ ނިޢުމަތު" ނަމަކަށް ކިޔާ އުޅަނދެއް ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ޝެޑިއުލްގައިވާ ގޮތުން މި ބޯޓު ހިތަދޫ ބަނދަރާއި ގާތްކުރާނެކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު ކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ.

މި ބޯޓުގައި ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނޭ ކަމަށް އެމްޕީއެލްއިން ވިދާޅުވެ އެވެ. މިއީ އިންޑިޔާއިން އައްޑޫ ސިޓީއަށް ގަވާއިދުން ކާގޯ ގެންދިއުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ކާމިޔާބީއެއްގެ ގޮތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވަނީ ސިފަކުރައްވާފަ އެވެ. އަދި މިއީ ފެށުނީއްސުރެ މެދުނުކެނޑި ކުރިއަށްދާ އޮޕަރޭޝަނަށް އިތުރުވެގެންދިޔަ މުހިންމު ބޮޅެއްކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއިން ޒަރޫރީ ތަކެތި އެތެރެކުރަން 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ފަހުން އެންމެ ގިނަ އަދަދެއްގެ ތަކެތި ރާއްޖެއަށް އެކްސްޕޯޓުކުރަން ހުއްދަ ލިބުނީ ވެސް މި އަހަރެވެ.

އެގޮތުން، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ޒަރޫރީ ތަކެތި ވެސް އިންޑިއާއިން އެކްސްޕޯޓުކުރާ އަދަދު 25 އިންސައްތައަށް އިތުރުކޮށް 1،000 މެޓްރިކް ޓަނަށް  .

އިންޑިއާއިން ފުށް އެކްސްޕޯޓުކުރުން މަނާކުރީ މޭ، 2022 ގައެވެ. ފިޔާ އެކްސްޕޯޓުކުރުން މަނާކުރީ ޑިސެމްބަރު، 2023 ގައެވެ.

އެކަމަކު، ޚާއްސަ ހުއްދައެއްގެ ދަށުން އެކުވެރި އަވައްޓެރި ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ވެސް ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއިން ވަނީ އެ ތަކެތި އެކްސްޕޯޓުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު