ވިޔަފާރި
އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް ލޯންޗު ކޮށްފި
އުތުރުގެ މެރިޓައިމް ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް ލޯންޗު ކުރުން
ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

އިންޓާނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތާ އެކު، އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފޯރުކޮށްދޭނީ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ގެ ނަމުގަ އެވެ.

ވެބްސައިޓު ލޯންޗުކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ފަށާ މެރިޓައިމް ހިދުމަތްތައް ބޭރުގެ މާކެޓަށް ފޯރުކޮށްދީ، ބޭރުގެ ފަރާތްތަކަށް އެތަނުން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ވެބްސައިޓެއް ކަމަށެވެ. އަދި އެމްޕީއެލް އަކީ ރާއްޖޭގައި ފަށާ މެރިޓައިމް ހިދުމަތްތައް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏަށް ވާއިރު، ބަންކަރިންއާއެކު އެކި ކުންފުނިތަކާއި ގުޅިގެން އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު، ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ "ސަބަބެއް" އުފައްދަން ޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ހިދުމަތްތައް ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.

"އުޅަނދުތައް ހިދުމަތް ހޯދަން އަންނާނީ ހިދުމަތްތައް ފުރިހަމަވެގެން އަލަށް ފަށާއިރު ވެސް ހިދުމަތްތައް ފުރިހަމަ ކޮށްދޭން ޖެހޭ. އަޅުގަނޑުމެން މިކަން މިކުރަނީ އުޅަނދު ފަހަރު ރާއްޖެއަށް ފިއުލް ބަންކަރިން ނުވަތަ އެހެން ހިދުމަތެއް ހޯދަންވެސް އަންނާނެ ސަބަބެއް އުފެއްދުމަށް،" ސީއީއޯ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު