ޚަބަރު
ވެމްކޯގެ ފަތުރުވެށި ހިދުމަތާއި އިތުރު 3 ރިސޯޓު ގުޅިއްޖެ
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ރިސޯޓްތަކުގެ ކުނި މެނޭޖު ކުރަން އާ ރިސޯޓުތަކާއެކު ސޮއިކޮށްފި އެވެ. 

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވީ، މީގެ ކުރިން ރިސޯޓުތަކުގެ ކުނި ތިލަފުށްޓާ ހަމައަށް ގެންނަނީ އަމިއްލަ ފަރާތްތަކުން ކަމަށެވެ. މިގޮތަށް ކުނި ގެންނައިރު، ބައެއް ކުނި ކަނޑައަށް އެޅިފައިހުންނަކަން ފާހަގަވާކަމަށް މުޖްތަބާ ވިދާޅުވި އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ވެމްކޯގެ ކުނި ގެންދިޔުމުގެ ހިދުމަތާ ގުޅުންކަމަށް މުޖްތަބާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ މި މަސައްކަތަކީ ތިމާވެށި ހިމާޔަތް ކުރަން އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށާ މިކަމުގެ ސަބަބުން ވެމްކޯގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެއްޓާ ރަހުމަތްތެރި ގޮތަށް ކުނި ނައްތާލެވޭނެ ކަމަށެވެ.

މުޖްތަބާ ވިދާޅުވީ ރިސޯޓުތަކުގެ ކުނި އުކާލުމަށް ކުންފުނީގައި ހަރުދަނާ ޒަމާނީ ނިޒާމެއް މިހާރު ގާއިމްކުރެވިފައިވާ ކަމަށެވެ. 

ކުނި މެނޭޖު ކުރަން ސޮއިކުރި ރިސޯޓްތައް

  •  މަލަހިނި ކުޑަ ބަނޑޮސް
  •  ޖުމެއިރާ ހޮޅުހެދި މޯލްޑިވްސް
  •  މޫވްމެންޓްޕިކް ރިސޯޓް ކުރެދިވަރު

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު