ކޮމެޓީތަކުގެ ލީގަލް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް މިމަހު ފަހުކޮޅު ބާއްވަން ނިންމައިފި
މުޙައްމަދު އަފްރާޙް
19 އޯގަސްޓް 2019 - 15:03
0 comments
ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ހިމެނޭ ލީގަލް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް މިމަހު ފަހުކޮޅު ބާއްވަން ނިންމައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމިޓީތަކަށް އަމާޒުކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމެއް މިމަހުގެ ފަހުކޮޅުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމާއިބެހޭ ގޮތުން މަޖިލީހުގެ މީޑީއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މިއީ ޖަރުމަންގެ މެކްސް ޕްލެންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް މިމަހު ފަހުކޮޅު ބާއްވާ އިރު، ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުންނާއި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ޝުއޫރު