
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީނީ ބަޖެޓް ހަރަދުކުރާނެ ގޮތުގެ ތަފުސީލުތައް ބަޖެޓްގައި ޖަހާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ ހައްގުގައި އެ ބަޖެޓް އަނބުރާ ގެންގޮސް ތަފްސީލުތައް އެނގޭނެހެން އަލުން ހުށަހަޅައި ދޭން ސަރުކާރަށް ސިޔާމު ވަނީ ގޮވާލައްވައިފަ އެވެ."ޓޯޓަލް ފަންސާސް ހަބިލިއަން ރުފިޔ އޮތް އިރުގައި އަޅުގަނޑުމެންނަކަށް ނޭނގޭ ހަރަދު ކުރަނީ ކޮން ކަމަކަށް ކަމެއް،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު ހަމަ ގައުމުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ހުށަހަޅަން މި ބަޖެޓު މުޅިން ބަދަލު ކުރައްވައި، ތަފުސީލު އެނގޭނެހެން އަޅުގަނޑުމެންނަށް އަލުން މި ފޮތް ދެއްވުން."ސަރުކާރު ހިންގާ ޕީއެންސީގެ ބައިވެރިއެއްގެ ގޮތުގައި ވެސް އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް އެމްޑީއޭ) ގެ ލީޑަރު ވިދާޅުވީ މިހާރު ބަޖެޓް އޮތް ގޮތުން އެއީ ސައްތައިން ސައްތަ ރަނގަޅު ބަޖެޓެއް ކަމަށް ބުނަން ހެޔޮ ނުވާނެ ކަމަށެވެ. އަދި އެއަށް ވޯޓް ދީފިނަމަ ނޭނގެެ ކަމަކަށް ވޯޓު ދެވޫނީ ކަމަށާއި އެއީ ދީނީ ގޮތުން ނުރައްކަލަކަށް ވެދާބެ ކަމަށް ވެސް ނުރައްކާކަން ސިޔާމު ވިދާޅުވި އެވެ."އަޅުގަނޑުމެންނަށް ނޭނގި ހުރެ އެއްޗަކަށް ވޯޓު ދެވުނީމާ ގިޔާމަތް ދުވަހުން ވެސް އެކަމުގެ އަޒާބު އަޅުގަނޑުމެންނަށް ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާނެ." އޭނަ ވިދާޅުވި އެވެ.ސިޔާމް ވިދާޅުވީ އިސްރާފުކުރަން ހުރި ފައިސާގެ ނަންބަރުތައް ވެސް ބަދަލުކުރުމަށްފަހު ތަފްސީލީ ބަޖެޓެއް އަލުން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނޭންގޭ އެއްޗަކަށް ވޯޓު ދީގެން ގިޔާމަތް ދުވަހުން ވެސް ލިބޭނީ އަޒާބު ކަމަށް އޭނާ ވިދާޅުވި އެވެ.