ޚަބަރު
މިލިޓަރީ ޓްރެއިނިން ދީގެން ޒުވާނުން ބާރުވެރިކުރަން އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް
ދިވެހި ޒުވާނުން ބާރުވެރިކޮށް ކުޅިވަރު ކުރިއެރުވުމަށްޓަކައި ސްކޫލްތައް ނިންމާ ދަރިވަރުންނަށް މިލިޓަރީ ޓްރެއިނިން ދޭންޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވާ މެންބަރު ޝަރީފް ވަނީ އެކި އުމުރުފުރާގެ ކުދިން، ވަކިން ޚާއްސަކޮށް އަދުގެ ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން އެ ކަމުން މިއަދު ހާސިލުވީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ޒިންމާދާރުކަމާ އެކު އެ ކުދިންގެ މުސްތަގުބަލައިގެން ކުރިއަށްދެވޭނެ މަގުތަކެއް މިއަދު ކޮށައިދޭން އެބަ ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއަދު މި ހާލަތަށް ގައުމު އަންނަން ޖެހުނީ އެހެން ސަރުކާރުތަކުން އެ މަގުތައް ކޮށައިނުދޭތީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"2040އަށް ދާންވާއިރަށް އާބާދީގެ ނިސްބަތުން ބޮޑުބައެއް ބޮޑެތި ބަލިތަކަށް ހުށަހެޅޭނެކަމަށް ސިއްޙީ މާހިރުން އިންޒާރުދެމުން އެދަނީ. ދަންވަރަށް ފޮޅޭހެން އަޅުގަނޑުމެންގެ ޒުވާނުން ނުފޮޅުވާ، އާދަކަދަތައް ވެސް ބަދަލުކުރުވަން އެބަޖެހޭ،" މެންބަރު ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅުވަރުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި އެއްކޮށް ގައުމުގެ ހިންގުން ވެސް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަންވީ ދަންވަރަށް ފޮޅޭހެން އަޅުގަނޑުމެންގެ ޒުވާނުން ނުފޮޅުވައި އަޅުގަނޑުމެން ވީ އަޅުގަނޑުމެންގެ މުޅި ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ އާދަކާދަ ވެސް ބަދަލު ކުރަން، އާދެ އަޅުގަނޑުމެންގެ ސްކޫލުތައް ހެނދުނު ހެނދުނާ ފެށޭގޮތަށް އަޅުގަނޑުމެންގެ ޒުވާނުން އެބަޖެހޭ ރޭގަނޑު ބުޅާ ނިދާ އުސޫލުން ނުނިންދަވައި އެމީހުން ކުރިން ނިދާ [ގޮތަށް] ފަތިހު އެމީހުންގެ ޒިންމާއާ އެއްގޮތަށް އެމީހުންގެ މަސްއޫލިއްޔާތަށް އެމީހުން ނެރެވޭނެ ގޮތްތައް ހަދަން،" ހުސައިން ވިދާޅުވި އެވެ.

މެންބަރު ހުސެއިން މިހެން ވިދާޅުވިއިރު އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ތަމްރީނު ހޯދަން ބައެއް ޒުވާނުންނަށް މަޖުބޫރުވާ ގޮތަށް ތަމްރީނު ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު