ވިޔަފާރި
ކުޅުދުއްފުށި ސިޓީގެ ނޮލެޖް ސެންޓަރަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި
ހދ. ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރަށް ބޭނުންވާ އެކި ވަސީލަތްތައް ދިރާގުން ހަދިޔާކޮށްފި އެވެ.

މި ނޮލެޖު ސެންޓަރަކީ މައުލޫމާތު ހޯދުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ފޮތްކިޔުމާއި ކަންކަން ހިއްސާ ކުރުން ފަދަ ހަރަކާތްތަކަށް އެ ސިޓީ ކައުންސިލުން ގާއިމު ކުރި ތަނެކެވެ.

އެ ސެންޓަރަށް އެހީތެރިވުމުގެ ގޮތުން ދިރާގުގެ, ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ވަނީ ކޮމްޕިއުޓަރު ސިސްޓަމްތަކަކާއި ވީޑިއޯ ކޮންފަރެންސް ބޭއްވޭ ޑިވައިސްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފޮތް ހަދިޔާ ކޮށްފައެވެ.

މި ތަކެތި ހަދިޔާ ކުރުމުގެ މަގުސަދަކީ ޓެކްނޮލޮޖީއަށް އެކްސެސިބިލިޓީ އިތުރުކޮށް، އުނގެނުމަށް ލޯބި އުފެއްދުމާއި، ޢިލްމު ހިއްސާކުރުމާއި ޑިޖިޓަލް ލިޓްރޭސީގެ ސަގާފަތެއް އާލާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ނޮލެޖް ސެންޓަރަށް ފޯރުކޮށްދިން ވަސީލަތްތަކުގެ އިތުރުން އެ ތަނުގައި 100 ގަސް ވެސް ވަނީ އިންދައިފަ އެވެ. މިއީ އެ ތަނަކީ ތިމާވެށްޓާއި ރަށްޓެހި އަދި ފެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރި މަސައްކަތެކެވެ.

ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރުގައި ޕަބްލިކް ލައިބްރަރީއަކާއި ވެލްނަސް ސެންޓަރެއް ހުރެ އެވެ. މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލުން އެ ރަށުގައި ހުޅުވާފައިވާ ތަނެކެވެ.

ދިރާގުން ދަނީ ރާއްޖޭގެ ކޮމިއުނިޓީތައް ބާރުވެރި ކުރުވުމަށް މި ފަދަ އެކި ތަންތަނަށް އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު