ޚަބަރު
ސަރުކާރުގެ އަމާޒު ހުރީ ބިރުވެރި މާޒީ އަލުން އިއާދަކުރުމަށް: ސޯލިހް
ސަރުކާރަށް ފާޑު ކިޔުމަކީ އަދަބު ލިބޭ ކުށަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރު ކުރަން ނިންމުމާއި ރައީސް މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ފަދަ ވާހަކަތަކެއް ދެއްކި މައްސަލަ އެއްގައި ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލާ ނަސޭހަތްތެރިވެ އެފަދަ ކަމެއް ތަކުރާރު ނުުކުރުމަށް އެންގުމަށް އެލްޖީއޭ އިން ގދ އަތޮޅު ކައުންސިލުގައި އެދުނު މައްސަލައަށް އިޝާރާތް ކުރައްވަ އެވެ. 

ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަށް ފުލުހަށް ހާޒިރު ކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއް،" ސޯލިހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު