ދުނިޔެ
ޑޮލަރު ބަދަލުކުރަން ވިސްނާ ގައުމުތަކަށް އެމެރިކާގެ ނުސީދާ އިންޒާރެއް
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ/ ޕޮލިޓިކޯ
ބްރިކްސް ގްރޫޕްގެ ގައުމުތަކުން ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ގެންގުޅޭ ޕްލޭނަށް އަމަލުކުރަން ފަށައިފި ނަމަ އެ ގައުމުތަކުން 100 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރާ ނަމަ، އެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 ޕަސެންޓް ޓެކްސް ނަންގަވާނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްގެ މި އިންޒާރު ގުޅިގައި ވަނީ ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރު ދޫކޮށްލުމަށްޓަކައި، ވަކި ފައިސާއަކަށް ބަރޯސާކުރުމަށް ކުރެވޭ މަޝްވަރާތަކާ އެވެ. އެމެރިކާ ޑޮލަރު ދަމަހައްޓާނެ ގޮތެއް ބްރިކްސް ގައުމުތަކުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ ޔަގީކަން ނުދީފި ނަމަ އެމެރިކާގެ އިގުތިސާދުން ފުރުސަތު ނުދެއްވާނެ ކަމަަށްވެސް ވިދާޅުވި އެވެ. 

"ބްރިކްސް ކަރަންސީއަށް އިސްކަންދީ އެމެރިކާ ޑޮލަރު ބޭނުން ކުރުން ހުއްޓާލާ ގައުމުތަކަށް އެމެރިކާގެ އިގްތިސާދަށް އެ ފައިސާއެއް ނުވިއްކޭނެ. ބައިނަލްއަގުވާމީ ވިޔަފާރީގައި ބްރިކްސްއަށް އެމެރިކާ ޑޮލަރު ނޫން ފައިސާއެއް ބޭނުން ކުރުމަކީ ވާނެކަމެއްް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ބްރިކްސްގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ، އިރާން، މިސްރު، އިތިއޯޕިއާ އަދި ޔޫއޭއީ އެވެ. އިތުރު 34 ގައުމަކުން ވަނީ ބްރިކްސްގައި ބައިވެރިވުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފާޅުކޮށްފަ އެވެ.

ބްރިކްސްގެ ގައުމުތަކުން އަމިއްލަ ކަރަންސީއެއް އުފެއްދުމަށް 2023 ގައި އެ ހިޔާލު ހުށަހެޅުއްވީ ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ އެވެ. އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ގޮތްތަކެއް މިހާތަނަށް ނިންމިފައެއް ނުވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު