ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްއެމް ޓީވީ ހިންގާ މީޑިއާ ހައުސްގެ އަގު ވެއްޓޭތީ އެންސްޕާ އެއްބަސްވުން އުވާލައިފި
އަލީ ރާޒީ
02 ޑިސެމްބަރ 2024 - 19:11
0
comments
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
Tweet
Telegram
އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، މޯލްޑިވްސް މީޑިއާ ހައުސްގެ ނަމުގައި ހިންގާ ކުންފުންޏެއް މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތް ހޯދުމަށް ވީ އެއްބަސްވުން އުވައިލަން އެ އެޖެންސީން ނިންމައިފި އެވެ.
އެކަން އިއުލާން ކުރުމަށް އެންސްޕާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެއްބަސްވުން ހެދިކަން ހާމަވުމާ ގުޅިގެން މީޑިއާ ހައުސްއަށް އެކި ފަރާތްތަކުން ކުރި ތުހުމަތަކާ ގުޅިގެން އެ ކުންފުނީގެ އަގު ވެއްޓޭތީ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާއިން ނިންމީ ކަމަށެވެ.
"މާލީ ވުޒާރާއާ މަޝްވަރާކުރުމަށް ފަހު މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް މި އެޖެންސީން ވަނީ ނިންމާފަ އެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމާއި، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
އެންސްޕާއިން ކުރިން ބުނެފައިވަނީ އެ އެޖެންސީ މިހާރު ހިންގަމުން އަންނަ އިމާރާތުގެ މުއްދަތު ހަމަވާތީ އެތަން ކުއްޔަށް ހިފީ ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެކަމަށް ދެ ފަހަރަށް އިއުލާން ކުރިއިރު، ދެވަނަ ފަހަރު ކުރިމަތިލާފައިވަނީ މޯލްޑިވްސް މީޑިއާ ހައުސްއިން އެކަނި ކަމަށާއި އަދި ޓެންޑާ ބޯޑު ފިޔަވައި އެހެން ފަރާތަކާ އެކު އެ ކުންފުނިން މުއާމަލާތް ކޮށްފައި ނުވާނެ ކަމަށް އެންސްޕާ އިން އޭރު ބުނެފައިވެ އެވެ.
މީޑިއާ ހައުސްއަކީ މިފަހުން އުފެއްދި އެމްއެމް ޓީވީ ހިންގާ ކުންފުންޏެވެ. އެ ޓީވީ އަކީ ރައީސް މުހައްމަދު މުއިއްޒުއާ ގުޅުން އޮންނަ ޓީވީއެކެވެ. އަދި އެ ޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓުގެ އިސް ފަރާތްތަކެވެ.
އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި
2 މަސް ކުރިން
0
އެންސްޕާއިން އަނެއްކާ ވެސް އޮފީސް އިމާރާތެއް ހޯދަނީ
4 މަސް ކުރިން
0
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ މަގާމުން ވަކިކޮށްފި
5 މަސް ކުރިން
0
ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ: ޔާމީން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
5 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
5 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
8 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
12 ގަޑިއިރު ކުރިން
0