ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ މަގާމުން ވަކިކޮށްފި
ހަސަން ހަލީމް
19 ޑިސެމްބަރ 2024 - 21:56
0
comments
Tweet
Telegram
އިޖުތިމާއި ސިއްހީ އިންޝުއަރެން ސްކީމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެހެނިހެން ޕްރޮގްރާމުތައް ހިންގާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ސީއީއޯ ޝިއުނާ އަހުމަދު މަގާމުން ވަކިކޮށްފި އެވެ.
މިކަން "ހޯރަ"އަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ. އަދި އޭނާ ވަކިކުރީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރުމަށް ފަހު ޑެޕިއުޓީ ސީއީއޯގެ މަގާމު ވަނީ އުވައިލާފަ އެވެ.
ޝިއުނާއަކީ، ރައީސް މުހައްމަދު މުއިއްޒުއާ ޖެހުނު މައްސަލަގަނޑެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުން މިހާރު ވަކިކޮށްފައިވާ އަދި އެ މަނިކުފާނުގެ ކުރީގެ އެންމެ އަރިސް އެކަކު ކަމުގައިވާ އާދަމް ރަމީޒުގެ ކޮއްކޮ އެވެ.
ޝިއުނާ މަގާމުން ވަކިކޮށްފައިވާއިރު، އެންސުޕާއަށް ތުހުމަތު އަމާޒުވި ހިޔާނާތުގެ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެއީ، ރައީސް މުއިއްޒުއާ ނުވަތަ އެމަނިކުފާނުގެ އަރިސް ބޭފުޅުން ކޮޅަކާ ގުޅުން އޮންނަ ޓީވީ ޗެނަލެއް ކަމަށްވާ، އެމްއެމްޓީވީ ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސިންއިން އެންސްޕާއަށް އޮފީސް އިމާރާތެއް ބޮޑު އަގުގައި ކުއްޔަށް ދިން މައްސަލަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި
2 މަސް ކުރިން
0
އެންސްޕާއިން އަނެއްކާ ވެސް އޮފީސް އިމާރާތެއް ހޯދަނީ
5 މަސް ކުރިން
0
ހީނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ: ޔާމީން
5 މަސް ކުރިން
0
އެމްއެމް ޓީވީ ހިންގާ މީޑިއާ ހައުސްގެ އަގު ވެއްޓޭތީ އެންސްޕާ އެއްބަސްވުން އުވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
5 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
5 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
8 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
12 ގަޑިއިރު ކުރިން
0