ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިރުތިޝާމްގެ ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނު ޗާލްސްއަށް އަރުވައިފި
މަރިޔަމް އަނާ
13 ޑިސެމްބަރ 2024 - 14:50
0
comments
Tweet
Telegram
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް އަރުވައިފި އެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ އިރުތިޝާމް ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ރަސްގެފާނު ޗާލްސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.
ސަފީރު އިރުތިޝާމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އަރުވާފަ އެވެ.
އިނގިރޭސިވިލާތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ޚާއްސަ ރިސެޕްޝަނެއް ވެސް ވަނީ ބާއްވާފަ އެވެ.
"ސެއިންޓް ޖޭމްސް ކޯޓް ލަންޑަން - އަ ތާޖް ހޮޓެލް"ގައި ބޭއްވި އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި، ޑިޕްލޮމެޓިކް ކޯ ގެ ޑީން ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާޓިނޭޒްއާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެތެވެ.
މީގެ އިތުރުން، މޯލްޑިވްސް - ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ ޗެއާއާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިން ވެސް ބައިވެރިވި އެވެ.
އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަޙްމަދު މުޙައްްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރަސްގެފާނު ޗާލްސް ވިދާޅުވިއިރު، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދާދިފަހުން ވަނީ ދައުވަތު އަރުވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 މިނެޓް ކުރިން
0
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
6 ގަޑިއިރު ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
4 ދުވަސް ކުރިން
0
ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
6 ދުވަސް ކުރިން
0
ގާޒާއިން ރައްޔިތުން ބާލައި، އިޒްރޭލުގެ އިސްތިއުމާރީ ޕްލޭން ރާއްޖޭން ކުށްވެރިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
19 މިނެޓް ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
6 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
7 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
9 ގަޑިއިރު ކުރިން
0