ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ކީރިތި ގުރްއާނާ މެދު، އުފައްދާ ޝުބުހަ
އިބްރާހިމް އާދަމް
13 ޑިސެމްބަރ 2024 - 15:13
0
comments
ކީރިތި ގުރްއާން
Tweet
Telegram
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ކީރިތި ޤުރްއާނާ މެދު، އުފައްދާ ޝުބުހަ"، މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ މާތްاللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުން ކަމަށާއި ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެކަން ނުވާނޭކަން ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށެވެ.
އިސްލާމް ދީން ނައްތައިލުމަށް ޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހެއެވެ. ދީނުގެ ކަންކަން މޮޅަށް އުނގެނި ޢަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
"ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުމެވެ. އެގޮތުގެ މަތީގައި ސާބިތުވެ ތިބެއްޖެ ނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެއެވެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެއެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި ގުރުއާނަކީ ރަސޫލާ އަމިއްލަފުޅަށް އުފެއްދެވި އެއްޗެއްކަމަށް މައްކާގެ މުޝްރިކުން ދައުވާކުރުމުން، އެމީހުންގެ ދައުވާއަކީ ތެދެއްނަމަ، އެ ފޮތާ އެއްގޮތް ފޮތެއް އެމީހުން އަމިއްލައަށް ގެނެސްގަތުމަށް މާތް ގޮންޖައްސަވައި އެމީހުންނަށް އެންގެވި އެވެ. ގުރުއާނާ އެއްފަދަ އެންމެ ސޫރަތެއް ނުވަތަ އެންމެ އާޔަތެއް ގެނައުމަށްވެސް އެބައިމީހުން ނުކުޅެދުނެވެ.
މާތްﷲގެ މިގޮންޖެއްސެވުމާއެކު، އެ ގުރުއާނާ އެއްގޮތް ފޮތެއް ގެނެސްގަތުމުގައި އިންސާނާ ނުކުޅެދި، އެ ފޮތަކީ އިންސާނެއްގެ އުފެއްދުމަށް ކަމުގައި ކުރި ދައުވާތަކުގެ ބާތިލުކަން ސާބިތުވެގެން ގޮސްފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ.
ގުރުއާނުގައި އިންސާނާ އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ އުފެދެމުންދާ ގޮތް ސިފަކުރައްވާފައިވާ ފުރިހަމަކަމާއި، ތަފުސީލުކަން މިސާލެއްގެ ގޮތުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ގުރުއާނަކީ މާތްﷲގެ ކަލާމްފުޅުކަމުގެ މައްޗަށް ދަލީލުކުރާ އެފަދަ އެތައް އިލްމީ ހެކިތަކެއް ގުރުއާނުގައި އެކުލެވިގެންވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތަކީ ވަހީގެ ޒަރީއާއިން ނޫނީ އެ ޒަމާނުގައި އެކަކަށްވެސް އެނގޭނެ ކަންކަން ނޫންކަން ހުތުބާގައި ފާހަގަކުރި އެވެ.
"ހޫދު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ކީރިތި ގުރްއާނާ އެއްފަދަ ދިހަ ސޫރަތް ގެނައުމަށް ވަޙީކުރެއްވި. އެ ކަމަށް ކުޅަދާނަ ނުވުމުން އަލްބަގަރާ ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި، ކީރިތި ގުރްއާނާ އެއް ފަދަ އެންމެ ސޫރަތެއް ގެނައުމަށް ވަހީކުރެއްވި. ނަމަވެސް އެބައިމީހުންނަށް އެފަދަ އެންމެ އާޔަތެއް ހެދުމަށް ވެސް ކުޅާދާނައެއް ނުވި،" ހުތުބާގައި ބުންޏެވެ.
"...އެންމެ ފަހުން ކީރިތި ގުރްއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަމުގައި އެންގެވި. ކީރިތި ގުރްއާނަކީ އިންސާނެއްގެ އުފެއްދުމެއްކަމަށް ބުނެ ކުރި ދައުވާތައް ވަނީ ނާކާމިޔާބުވެ، ބާތިލުވެފަ. އަދި އެއީ ދުވަހަކު ވެސް ކާމިޔާބުވާނެ ކަމެއް ނޫން،" ހުތުބާގައި ބުންޏެވެ.
އަދި ގުރުއާނަކީ ނަބިއްޔާ ޝާމަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވެވަޑައިގެންނެވި ރާހިބެއް އަރިހުން ދަސްކުރެއްވި ބަސްފުޅުތަކެއް ކަމުގައި ބައެއް މުސްތަޝްރިގުން ބުނާ ވާހަކައަށް ރައްދުދީ ހުތުބާގައި ބުނެފައިވަނީ، ގުރުއާނުގައި ހުރި ވާހަކަތައް ތައުރާތާއި އިންޖީލުގައި ހުރި ވާހަކަތަކާ އެއްގޮތްވަނީ، އެ ދެފޮތުގެ އަަސްލު ގެއްލިފައިވީ ނަމަވެސް އެއީވެސް މާތްﷲ ބާވައިލެއްވި ދެފޮތަށްވާތީ ކަމަށެވެ. އަދި ދަތުރުފުޅެއްގައި ކުޑަ ވަގުުތުކޮޅަކށް ބައްދަލުވެވަޑައިގެންނެވި ރާހިބެއްގެ އަރިހުން ގުރުއާން އުނގެނިވަޑައިގަތުމަކީ މުސްތަހީލު ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތްﷲ އިސްލާހު ކުރައްވާނެ ކަމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ. އޭރުން ދެދުނިޔޭގެ އިއްޒަތާއި ޝަރަފު އެކަލާނގެ އަހަރެމެންނަށް ދެއްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ނަމަވެސް އަހަރެމެން އެއާ ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެ ކަމަށާއި އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި އަމަލެއް ބޭކާރުވެ ދާއިމަށް ތިބެންޖެހޭނެ ތަނަކީ ނަރަކަ ކަމަށް ހުތުބާގައި ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
17 ދުވަސް ކުރިން
0
ނަޞްރުގެ މައްސަރު
1 މަސް ކުރިން
0
ރޯދައަށް ތައްޔާރުވާން ހުތުބާގައި ގޮވާލައިފި
3 މަސް ކުރިން
0
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
13 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
20 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
22 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
22 ގަޑިއިރު ކުރިން
0