ޚަބަރު
އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި އިތުރު ޓެކްސީ ޑްރައިވަރަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން މި ފަހަރު ހައްޔަރުކުރީ މއ. ނަހީދީމަންޒިލް، މިސްބާހު ޝަރީފު، 31 ކަމަށެވެ.

މިދިޔަ ބުދަދަުވުގެ ރޭ ހުޅުމާލެ ނިރޮޅުމަގު ބަންދުކޮށްގެން މުޒާހަރާކުރި މައްސަލައިގައި 3 ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް 20 ޓެކްސީ ފުލުހުން ޓޯ ކުރިއެވެ. 

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށާ ރައީސުލްޖުމްހޫރިއްޔާއަށް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށް ބުނެ އެވެ. ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރާތީ އެވެ.

ސަރުކާރުން، ޓެކްސީ ޑްރައިވަރުން މަގުމަތިކޮށްފައިވާކަމަށް ބުނެ ކުރިއަށް ގެންދިޔަ މި އިހުތިޖާޖު ފުރަތަމަ ބޭއްވީ ބުދަ ދުވަހުގެ ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގަ އެވެ. އެހެންނަމަވެސް މި އިހްތިތާޖު އެރޭ ފަހުން ވަނީ ހުޅުމާލެއިން ބްރިޖަށް އަރަން އޮންނަ މަގާ ދިމާލަށް ބަދަލުކޮށްފަ އެވެ. ޑްރައިވަރުން ވަނީ އެ މީހުންގެ ޓެކްސީތައް ބޭނުންކޮށްގެން އެ މަގު ބަންދުކޮށް، ހައިވޭއަށް ނޭރޭގޮތް ހަދާފަ އެވެ.

ޓެކްސީ ޑްރައިވަރުންގެ މި އަމަލުގެ ސަބަބުން އާންމުންނަށް ކުރިމަތިވި އުނދަގޫތަކާއެކު ފުލުހުން ވަނީ ބައެއް ޑްރައިވަރުން ހައްޔަރުކޮށް، އެމީހުންގެ ވެހިކަލްތައް ޓޯ ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު