ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޓެކްސީ ހިދުމަތް ދޭކަށް ސަރުކާރުން ނޫޅޭ: ފަލާހް
މަރިޔަމް އަނާ
10 ފެބުރުއަރީ 2025 - 15:16
0
comments
Tweet
Telegram
ޓެކްސީ ހިދުމަތް ދޭން ސަރުކާރުން ނޫޅޭ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް ހުރި އުނދަގޫތައް ހައްލުކޮށްދޭން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުންތަކެއް ކުރި އިހުތިޖާޖަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށެވެ.
ފަލާހު ވިދާޅުވީ މި ސަރުކާރަކީ ގައުމަށް ހިދުމަތް ކުރުމުގެ ނިޔަތުގައި އޮތް ސަރުކާރެއް ކަމަށެވެ.
"ސަރުކާރަކުން ނޫޅުއްވާ ޓެކްސީގެ ހިދުމަތް ދޭކަށެއް،" އޭނަ ވިދާޅުވި އެވެ. "ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ބޭފުޅުންނަށް ހުރި ދަތިތަކާ، މި ހުރިހާ ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ކައިރިން ބައްލަވާ އެކަން ހައްލު ކުރުމަށްް ވަރަށް ކައިރިން މަސައްކަތް ކުރައްވަމުން."
މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ޚިދުމަތް ދޭނީ ވިޔަފާރި އުސޫލުން އެކަންކުރާ މީހުންނަށް ގެއްލުންނުވާނެ ގޮތަކަށް ކަމަށެވެ.
"ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ބައެއް ފަރާތްތަކާއި އަޅުގަނޑު ބައްދަލުކޮށްލިން. އެބޭފުޅުންނަށް އެދުވަހު ވެސް އަޅުގަނޑު ޔަގީންކަން ދިނިން އެބޭފުޅުން އެދޭ ޚިދުމަތަށް ގެއްލުންވާނޭ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލު ނުކުރައްވާނެ ކަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގައި ދެއްވި ޔަގީންކަން އަނބުރާނުލާނެ ކަމަށެވެ. އަދި އެ ވިޔަފާރީގައި ތިބި ބޭފުޅުންނަށް ދެރަވާފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާކަން މިނިސްޓަރު ހާމަކުރެއްވީ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް އިގުތިޞާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ 50 ޕަސަންޓަކީ އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭޏުންވާ މުވައްޒަފުންނަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށް އަމީން ވިދާޅުވި އެވެ.
މި ހިދުމަތް ދޭނީ ކޮން ކުންފުންޏެއް މެދުވެރިކޮށް ކަން މިނިސްޓަރު އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
ޑްރައިވަރުންގެ މުޒާހަރާގައި ޓެކްސީތަކަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ގޮވާލައިފި
2 މަސް ކުރިން
0
އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި
3 މަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އަރަބި ގައުމުތަކުގެ ލަފާ ހޯދަންޖެހޭ: ފަލާހު
4 މަސް ކުރިން
0
ގައުމު ސަލާމަތް ކުރަން ޓެކްސް ބޮޑު ކުރަންޖެހޭ: ފަލާހު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޭބިސީތަކަށް މަސްދަޅު ބަހަން ފަށައިފި
8 ގަޑިއިރު ކުރިން
0
ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ބީއެމްއެލްއިން ދޫކުރާ ލޯން ސްކީމްތަކަށް ހެޔޮ ބަދަލުތަކެއް
8 ގަޑިއިރު ކުރިން
0
އިސްތިއުނާފު އަނބުރާ ގެންގޮސް، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި
8 ގަޑިއިރު ކުރިން
0
ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތް ހަދަނީ
8 ގަޑިއިރު ކުރިން
0