
ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްކޭހެވެ. މުޅި ރާއްޖޭގައި މިކަން ކުރިއަށް ގެންދަނީ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އެސްޓީއޯ އާއި ކައުންސިކްތަކާ ގުޅިގެންނެވެ.ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ހަދިޔާކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.