ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގައުމު ސަލާމަތް ކުރަން ޓެކްސް ބޮޑު ކުރަންޖެހޭ: ފަލާހު
ހަސަން ހަލީމް
16 އޮކްޓޫބަރ 2024 - 11:44
0
comments
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
Tweet
Telegram
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ރިސޯޓު އޯނަރުން ނުރުހިދާނެ ކަމަށާއި ނަމަވެސް "ގައުމު ސަލާމަތް ކުރަން" ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަންޖެހޭ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެެއް ބޮޑު ކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ސަރުކާރުން ވަނީ ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ، މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގައި ކަމަށެވެ. އެ ގޮތުން، ފާއިތުވި އަހަރުތަކުގައި ބުރަ މަސައްކަތްކުރާ ރައްޔިތުން އަތުން ނަގައި ޓެކްސް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން އައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޓެކްސް ނަގަމުން ގޮސް މިއަދު މި ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި. މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ ހަގީގަތުގައި ބުނާނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާނަމަ،" ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ސިޔާމް ވިދާޅުވިއެވެ
ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް ސިޔާމް ދެއްކި ވާހަކަ އަށް ރައްދުދީ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެއީ ގައުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލެއް ކަމަށެވެ.
"ވެދާނެ މިއީ ފަހަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރިސޯޓު އޯނަރުންނާއި ނޫނީ އެ ނޫން ވެސް އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެންމެ ހިތްގައިމު ކަމަކަށް ނުވެދާނެ [ޓެކްސް ބޮޑުކުރުން]،" ފަލާހު ވިދާޅުވި އެވެ.
"މި ރާއްޖެއަށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ކޮންމެހެން ވެސް ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަމެއް."
ސަރުކާރުން ވަނީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ ވެސް ބޮޑުކުރަން ހުށަހަޅާފައެވެ. އެ އަދަދުތަކަކީ:
ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުން
ގްރީން ޓެކްސް، ގެސްޓްހައުސްތަކުން - 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
ގްރީން ޓެކްސް، ސިޓީ ހޮޓާ އަދި ރިސޯޓުތަކުން - 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން
މީގެ އިތުރުން، އެއާޕޯޓު ޑިވޮލޮޕްމަންޓް ފީގެ ގޮތުގައި ޑޮލަރުން ނަގަމުން އައި ޓެކުހަށް ވެސް ވަނީ ބަދަލުތަކެއް ހުށަހަޅައިފައެވެ. އެ ބަދަލުތަކަކީ:
އިކޮނަމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގައި ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
އިކޮނަމީ ކްލާހުން ދަތުރުކުރާ ދިވެހީން އަތުން ނަގައި ފީއަށް ބަދަލެއް ނުގެންނާނެ
ބިޒްނަސް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
ފަސްޓް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
ޖެޓުގައި ފުރާ މީހުން އަތުން ނަގައި ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
މި ބަދަލާ އެކު ތިން ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ގަޑިއިރު ކުރިން
0
ޓެކްސީ ހިދުމަތް ދޭކަށް ސަރުކާރުން ނޫޅޭ: ފަލާހް
15 ދުވަސް ކުރިން
0
ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީއަށް
1 މަސް ކުރިން
0
އެސްއޯއީތައް ހިންގުން ހަރުދަނާކުރަން އާ ގަވައިދެއް
2 މަސް ކުރިން
0
ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކެނެޑާ އާއި މިސްރަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން މަޖީލީހަށް ފޮނުވައިފި
1 ގަޑިއިރު ކުރިން
0
އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު
1 ގަޑިއިރު ކުރިން
0
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
2 ގަޑިއިރު ކުރިން
0
މިއީ ކިއުގައިޖެހިގެން މަސްކިރުވާނެ އެންމެ ފަހު އަހަރު: ޝިޔާމް
2 ގަޑިއިރު ކުރިން
0