ޚަބަރު
ކެނެޑާ އާއި މިސްރަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން މަޖީލީހަށް ފޮނުވައިފި
ސަރީރު (ކ) އަދި އަބްދުލްގަފޫރު.
ރާއްޖެއިން ކެނެޑާއަށާއި މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ދެބޭފުޅެއްގެ ނަން ފޮނުވައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަފޫރާއި ސަރީރުގެ ނަން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ފޮޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއާ އެކު، އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މިއަދުގެ ޖަލްސާގައި، ރާއްޖޭން ބައިނަލްއަގުވާމީ ތިން ޖަމްއިއްޔާއަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި މިހާރު ވެސް ދެ ގައުމެއްގައި ތިއްބަވާ ސަފީރުން ހަމަޖެއްސުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ ވެސް ވަނީ އިއްވާފަ އެވެ. އެއީ:

  • ރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެން ޝަރީފް ހަމަޖެއްސުމަށް

  • ރާއްޖޭން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނަށް ކަނޑައަޅާ ސަފީރު ކަމަށް ޖެނީވާގައި ހުންނަވާ ރާއްޖޭގެ މިޝަންގެ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ހަމަޖެއްސުމަށް

  • ރާއްޖޭން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ހަމަޖެއްސުމަށް

އެއާއެކު، އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު