ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
އަލީ ރާޒީ
11 ފެބުރުއަރީ 2025 - 11:25
0
comments
Tweet
Telegram
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ރޭ ނެރެފި އެވެ.
ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އޭނާގެ ހަޔާތުގެ ނާމާ ނެރެދެއްވުމަށް އިލްޔާސް ހިޔާރުކުރެއްވީ ކުޑައިރުއްސުރެ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. ގާސިމް އިލްޔާސް ސިފަކުރެއްވި ގޮތުގައި އޭނާގެ ބައްޕައެއްގެ ގޮތުގަ އެވެ.
އެންމެ ކުޑައިރު އުޅުއްވި ދަތިހާލާއި ބޮޑު ވިޔަފާރިވެރިއަކަށް ވުމަށް ގާސިމް ކުރެއްވި ދަތުރު، ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލް، މި ފޮތުގައި ކިޔައިދެއްވާފައިވެ އެވެ. އަދި ގާސިމްގެ ޒާތީ ދިރިއުޅުމާއި ސިޔާސީ މަސައްކަތްތައް ވެސް ވަރަށް ތަފްސީލުކޮށް މި ފޮތުގައިވެ އެވެ.
ޖަމީލް މީގެ ކުރިން ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ 'އިންސާފު' ވެސް ލިޔުއްވާފަ އެވެ.
ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް ރޭ ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މިއަދު ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ.
މި ރަސްމިއްޔާތުގައި ގާސިމްގެ އާއިލާގެ ގިނަ ބޭފުޅުންނާއި، ދައުލަތަށް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިތުރުން މަޖިލީސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ބައެއް ކުރީގެ ރައީސުން ވެސް ހިމެނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަން ސޮއިކޮށްފި
4 މަސް ކުރިން
0
ގާސިމްގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
4 މަސް ކުރިން
0
ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން މިހުރީ ތައްޔާރަށް: ގާސިމް
4 މަސް ކުރިން
0
ގާސިމްގެ ބަޔޯގްރަފީ ފޮތް އަންނަ ހަފުތާގައި ނެރެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
1 ގަޑިއިރު ކުރިން
0
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި
2 ގަޑިއިރު ކުރިން
0
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
2 ގަޑިއިރު ކުރިން
0
އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި
2 ގަޑިއިރު ކުރިން
0