ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގާސިމްގެ ބަޔޯގްރަފީ ފޮތް އަންނަ ހަފުތާގައި ނެރެނީ
މަރިޔަމް އަނާ
04 ފެބުރުއަރީ 2025 - 10:28
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ލިޔެފައިވާ ބަޔޮގްރަފީ ފޮތެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިއީ ޖަމީލުގެ ތިންވަނަ ފޮތެވެ. އޭނާގެ އަނެއް ދެ ފޮތަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާގެ މައްޗަށް ލިޔުއްވާފައިވާ "އޯކިޑް" އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބަޔޯގްރަފީ "އިންސާފު" އެވެ.
ވިލާ ކޮލެޖުގައި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް އިފްތިތާހުކުރާނެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމަކީ، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރުމަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ގާސިމް ވަނީ 2008، 2013 އަދި 2023ގައި ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވައިފަ އެވެ. ނަމަވެސް ގިނަ އިންތިޚާބުތަކުގައި ރައީސްކަމަށް ބޭފުޅުން ހޮވިވަޑައިގަތީ ގާސިމްގެ ތާއިދާއެކުގަ އެވެ.
ގާސިމް ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަން ސޮއިކޮށްފި
4 މަސް ކުރިން
0
ގާސިމްގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
4 މަސް ކުރިން
0
ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން މިހުރީ ތައްޔާރަށް: ގާސިމް
4 މަސް ކުރިން
0
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
54 މިނެޓް ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
9 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
11 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
18 ގަޑިއިރު ކުރިން
0