ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރު ހިންގަން ދަތިވެ، ތިން ޓެކުހެއް ބޮޑުކުރަނީ..!
އިސްމާއިލް ރިޒާ
14 އޮކްޓޫބަރ 2024 - 00:30
0
comments
Tweet
Telegram
ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެެއް ބޮޑު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 50 ކޮޓަރިއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ހުރި ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް، މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތިން ޑޮލަރު، ހަ ޑޮލަރަށް ބަދަލުކުރުން ވަނީ ހިމަނާފަ އެވެ.
ރިސޯޓުތަކާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ އެހެން ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނީ 12 ޑޮލަރެވެ. އާ އަދަދުތަކުން ޓެކްސް ނަގަން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1، އިން ފެށިގެންނެވެ.
އޭގެ އިތުރުން، ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ދެ އަހަރުން ދަށުގެ ކުޑަކުދިން ގްރީން ޓެކްސް އިން އިސްތިސްނާ ކުރުމަށް ވެސް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެ އެވެ.
ޓެކްސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަ ޕަސެންޓު ކަމަށްވާ 16 ޕަސެންޓު ޖޫން 1، 2025، އިން ފެށިގެން 17 ޕަސެންޓަށް އިތުރު ކުރުމެވެ.
ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެކަމަށް ސަރުކާރުން ލަފާ ކުރެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ދުވަސް ކުރިން
0
ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކުރި ނިހާދު ފިނޭންސް މިނިސްޓްރީއަށް
1 މަސް ކުރިން
0
އެސްއޯއީތައް ހިންގުން ހަރުދަނާކުރަން އާ ގަވައިދެއް
2 މަސް ކުރިން
0
ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ
2 މަސް ކުރިން
0
މޫޑީސް އިން ފާހަގަކުރި ކަންކަން ރަނގަޅު ކުރާނަން: ސަރުކާރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކެނެޑާ އާއި މިސްރަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން މަޖީލީހަށް ފޮނުވައިފި
7 ގަޑިއިރު ކުރިން
0
އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު
7 ގަޑިއިރު ކުރިން
0
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
7 ގަޑިއިރު ކުރިން
0
މިއީ ކިއުގައިޖެހިގެން މަސްކިރުވާނެ އެންމެ ފަހު އަހަރު: ޝިޔާމް
7 ގަޑިއިރު ކުރިން
0