
ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކުރީ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝާފިއު މިއަދު ވިދާޅުވީ މިމައްސަލަ މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށެވެ.ލަމްހާ ބަންދުން ދޫކޮށްލިއިރު، މި މައްސަލައިގައި ހިމެނޭ އަނެއްމީހާ މާވިން ހުރީ ބަންދުގަ އެވެ. ކުރިން ލަމްހާ ދޫކޮށްލިއިރު ވެސް މާވިންގެ ބަންދާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.