ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ތުހުމަތުކޮށްފި
މަރިޔަމް އަނާ
24 ޑިސެމްބަރ 2024 - 10:03
0
comments
ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވާހަކަ ދައްކަވަނީ - ފޮޓޯ: ކޮންގްރެސް ޕާޓީ
Tweet
Telegram
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ތުހުމަތުކުރައްވައިފި އެވެ.
ޕީއެންސީން ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާދު ރޭ ވިދާޅުވީ، ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނަ ބުރާސްފަތި ދުވަހު އަންނައިރު، އެ ފަތުރުވެރިން ގެނައުމަށްޓަކައި ސަރުކާރުން ނުކުމެ ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދިވެހި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ބޭރުން ލިބޭ މަންފާ އާއި ފައިސާގެ އެހީއާއި، ބޮޑެތި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި ޓެރަރިޒަމް ހަމަލާއެއް ރާވާފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑު މި ދަންނަވަނީ ދެ މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށްޓަކައި ތައްޔާރުވެފައިވާ ހިނދު، މާދަމާ ނުން އަނެއް ދުވަހު، އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް،" ނިހާދު ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައްޔިތުން. މިކަމަކީ ޓީމު ނުވަތަ އަށް ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކައިގެން ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަމުންދިޔަ މީހަކު އިސްވެ ހިންގާ ހަރަކާތެއް. މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑާލުމަށްޓަކައި މީގެ ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ."
އެ ޓެރަރިސްޓް ހަމަލާ އެމްޑީޕީން ދޭންއުޅެނީ ރާއްޖޭގެ ތިން ރިސޯޓަކަށް މިއަދު ހަވީރު އަރައިގެން ކަމަށް ތުހުމަތު ކުރައްވާ ނިހާދު ވިދާޅުވީ އެ ރިސޯޓަށް ބައްދަލުވުމަކަށް ދާން އެދުމުން ރިސޯޓުން އެކަމަށް ހުއްދަ ނުދިނުމުން ވެސް ގަދަ ބާރުން ރަށަށް އަރަން ތައްޔާރުވެފައިވާ ކަމަށެވެ.
ނިހާދް ވިދާޅުވީ، ގައުމުގެ ހަޒާނާ "ދަވާލަމުން"، "ފުނޑާލަމުން"، "ކޮށާލަމުން" އަށް ރުފިޔާއިން ޕެނެޑޯލް ގުޅައެއް ވިއްކާލައިގެން މާލިއްޔާ ހުސްކުރަމުންދިޔަ ބައެއްގެ އަތްދަށުން އެ ބާރު ދިއުމުން، އަނެއްކާ އެ ބާރު ލިބޭތޯ މި ގައުމު ހަލަބޮލިކުރަން އެ ކުރާ މަސައްކަތް ނާކާމިޔާބު ވުމުން، އެ ދިމާ ކުރަނީ އަޅުގަނޑުމެންގެ ބްރެޑް އެންޑް ބަޓާއާ،".
އޭނާ ވަނީ މިކަމަށް މުޅި ސަރުކާރު އެކީގައި އަދި ދިވެހި ރައްޔިތުން އެކީގައި ނުކުމެ މިކަން ހުއްޓުވަން ޖެހޭ ކަންވެސް ފާހަގަކުރައްވާފަ އެވެ.
އެމްޑީޕީން ރިސޯޓުތަކަށް އަރަން ރާވަމުންދާ ކަމަށް ވިދާޅުވެ، އެ ތުހުމަތު އެމްޑީޕީގެ ބޮލުގައި އެޅުވީ ސީދާ ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް އަދި އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ނިހާދުގެ ވާހަކައިގައި ހާމަކޮށްފައެއް ނުވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާން ނިންމައިފި
10 ދުވަސް ކުރިން
0
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި
10 ދުވަސް ކުރިން
0
މިހާރުގެ ވަޒީރުން އުޅެނީ ޕާޓީކުރާކަށް ނޫން: ފަލާހް
14 ދުވަސް ކުރިން
0
މެއި އެއްވަނަ ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމެއް ބާއްވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
7 ގަޑިއިރު ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
7 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
7 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
7 ގަޑިއިރު ކުރިން
0