ޚަބަރު
ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި އިންޑިއާގެ ބަޔަކު އެހީއަށް އެދިއްޖެ
އިންޑިއާގެ އޮޑިއާއަށް ނިސްބަތްވާ 40 މަސައްކަތްތެރިން ރާއްޖެ ގެނެސް މުސާރަ ނުދީ، ހާލުގައި ޖައްސައިގެން ގެންގުޅޭ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިމައްސަލަ ފެންމަތިކޮށްފައިވަނީ އިންޑިއާގެ ނޫސްތަކެއްގައެވެ. ދިވެހި ސަރުކާރުގެ އިދާރާއަކުން އަދި މިމައްސަލައިގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ރާއްޖޭގައި ހާލުގައި ޖެހިފައި ތިބީ 40 އަކަށް މީހުންނެވެ. އެ މީހުން ސަލާމަތްކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސްވެ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން ހާލުގައި ޖެހިފައިވާ މީހުން ރާއްޖެ ގެނައީ ދިވެހި އަމިއްލަ ކުންފުންޏަކުން އިމާރާތެއް އެޅުމަށްޓަކައި މިދިޔަ ޖޫން/ޖުލައި ހިސާބު ގައެވެ. ނޫހުގައިވާ ގޮތުން އެމީހުންނަށް ފުރަތަމަ މަހު މުސާރަ ދިނުމަށްފަހު ދެން މުސާރަ ދީފައެއް ނުވެ އެވެ.

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ އެކި ހިސާބުތަކަށް ނިސަބަތްވާ މި މީހުންނަށް މުސާރަ ނުދިނުމުން އިހްތިޖާޖު ކުރުމާ އެކު އެ މީހުން ތިބި ތަނުން ކަރަންޓް ކަނޑާލާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. 

އާއިލާތަކަށް އެ މީހުންގެ ހަބަރު އެނގުނީ ފޯނުން ކަމަށާއި އެ މަސައްކަތްތެރިން ތިބީ ވަރަށް ހާލުގައި ޖެހިފައި ކަމަށް އާއިލާތަކުން ބުނެފައިވެ އެވެ. އަދި އެ މީހުން އެނބުރި އިންޑިއާއަށް ގެންގޮސްދިނުމަށް އާއިލާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މީހުން ރާއްޖެ ގެނައީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު