ޚަބަރު
އަމިއްލަ މީހުންގެ ގޭގައި ބޮންޑެޑް ވެއާހައުސް ހިންގުން މަނާކޮށްފި
މީގެކުރީގައި އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މީގެ ފަހުން އެފަދަ ގުދަންތައް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމުގައި ކަނޑައަޅައިފި އެވެ.

މާލޭގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައަކާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިން ކަން އޮތްގޮތަކީ ސަލާމަތީ ގޮތުންނާއި ކޮންޓްރޯލް ކުރުމުގެ ގޮތުން ވިސްނިޔަސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އިހުސާން ވިދާޅުވީ ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަަރަހައްދުގައި އެކަނި ކަމަށް ނިންމައި އެކަން ތަންފީޒު ކުރަން ސަރުކާރުން ފަށާފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް އިން ބަލަމުން އަންނަނީ ކަސްޓަމްސްއަށް އެންގުމެެއް ނެތި ބޮންޑެޑް ވެއާހައުސް އެއް ހިންގަމުން ދިޔަ ތަން ދޫކޮށްލައި އެހެން މަސައްކަތެއް އެ ތަނުގައި ފެށި މައްސަލައެކެވެ.

އިހުސާން ވިދާޅުވީ ކަސްޓަމްސް އިން ބެލި ބެލުމުން އެކަން ޔަގީން ވެފައިވާތީ ވެއާހައުސްގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށެވެ.

މިކަން ހިނގި ގޮތް އިތުރަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސާއި ފުލުހުން ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު