ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތިނަދޫ ސިޓީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
އަލީ ރާޒީ
31 ޑިސެމްބަރ 2024 - 12:29
0
comments
Tweet
Telegram
ގދ. ތިނަދޫ ސިޓީއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާޠިލުކުރުމަށް ހުށައެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ ސިޓީގައި 10000 މީހުން ހަމަނުވާކަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަރަޖަ ބާޠިލުކުރުމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިދިޔަ ނޮވެމްބަރު 21 ވަނަ ދުވަހު ހައިކޯޓަށް މިމައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު އެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ އިއްޔެ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ ތިނަދޫއަށް ގަރާރެއްގެ ދަރަޖަ ދިނުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ ގާނޫނަކުން ބާރުލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަން ރާގިބް ހުށަހެޅުއްވި މައްސަލައިގައި ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ހައިކޯޓަށް ދުސްތޫރީ މައްސަލަތައް ބެލުމަށް އޮންނަ އިހްތިސާސްގެ ތެރޭގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ ނިންމަވާފައިވެ އެވެ.
ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހެޅޭ އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނިިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ޤާނޫނީ ބޭފުޅުން ފާހަގަކުރައްވަ އެވެ. ނަމަވެސް މިހާރު ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރުމަށްފަހު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އަދުގެ ސަރުކާރުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 މަސް ކުރިން
0
ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ގޮވާލައިފި
5 މަސް ކުރިން
0
ތިނަދޫ ކައުންސިލަށް އޭސީސީން ވަދެ ބައެއް ތަކެތި ގެންގޮސްފި
5 މަސް ކުރިން
0
ތިނަދޫގައި ރޯދަ މަހު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުހިންގަން އަންގައިފި
7 މަސް ކުރިން
0
ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ މައްސަލަ މަޖިލީހަށް ވައްދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
18 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
18 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
18 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
19 ގަޑިއިރު ކުރިން
0