އެސްޓީއޯގެ ޑިޖިޓަލް ކަލަންޑަރު ސޮޕްޓްވެއާ އަޕްޑޭޓާއެކު މި އަހަރުވެސް ބޭނުންކުރެވޭނެ
އަލީ ރާޒީ
01 ޖެނުއަރީ 2025 - 17:13
0 comments
އެސްޓީއޯއިން ތައާރަފްކުރި ޑިޖިޓަލް ކަލަންޑަރު
އެސްޓީއޯއިން މިދިޔަ އަހަރު ތައާރަފްކުރި ޑިޖިޓަލް ކަލަންޑަރުގެ ސޮފްޓްވެއާ އަޕްޑޭޓުކޮށް އެ ކަލަންޑަރު 2025ގައި "ރީޔޫސް" ކުރަން ނިންމައިފި އެވެމިއީ އެސްޓީއޯ ހިންގުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުންތަކާއި އުސޫލުތަކާ އެކު، އެ ކުންފުނީގެ ކަރުދާސް މަދުކުރުމުގެ ސިޔާސަތުގެ ދަށުން، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނިންމި ނިންމުމެކެވެ.އެސްޓީއޯ އިން ބުނީ 2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓާ އެކު މިފަހަރު ވެސް އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.ރީޔޫސް، އަޕްޑޭޓް، ޓްރާންސްފޯމް
- އެސްޓީއޯއިން ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްކުރެވިފައި،
- ޕްރިންޓްކުރެވޭ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ކާބަން ބޭރުވާ މިންވަރު ހީވެސް ނުކުރާހާ މަތި. މީގެ ކުރިން އެސްޓީއޯއިން އައީ އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރަމުން. ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން އަލުން ޕްރިންޓްކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ދެވޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭ،
- ތިމާވެއްޓަށް ލިބޭ ބައެއް ފައިދާތައް: ގަސްތައް ސަލާމަތްވުން، ކުނިގޮނޑުތަކަށް އުކާލެވޭ ކުނި މަދުވުން، އަދި ކާބަން ފުޓްޕްރިންޓް ކުޑަވުން. ކޮންމެ އަހަރަކު ކަލަންޑަރު ޕްރިންޓްކުރުމަށް ގިނަ އަދަދެއްގެ ކަރުދާހާއި ދެލި ބޭނުން ކުރުމުގެ ސަބަބުން ގަސްކެނޑުމާއި ތިމާވެށި ތަޣައްޔަރުވުމަށް މަގުފަހިވޭ،
- ކޮންމެ އަހަރަކު އާ ކަލަންޑަރެއް ތައާރަފްކުރުމަށް އެތަކެއް ވަގުތާއި ވަސީލަތެއް ހޭދަވޭ. ރިޔޫސް ކުރެވޭ ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން މިލިއަނުން ސަލާމަތްކުރެވި، އެހެނިހެން ކަންކަމަށް މިވަސީލަތްތައް ރިލޮކޭޓްކުރެވޭ،
އާ އަޕްޑޭޓާ އެކު 2025 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނޭނީ:- 2025 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި އެސްޓީއޯއަށް ހާއްސަ އިވެންޓްތަކުގެ މުހިންމު ތާރީހުތަކާއި ހަރަކާތްތަކުގެ މައުލޫމާތު
- އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑާސް އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މައުލޫމާތު
އެސްޓީއޯގެ ސަސްޓެއިނެބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ވިސްނުމުގެ ދަށުން ތައާރަފު ކުރި މި ޑިޖިޓަލް ކަލަންޑަރުގެ ހާއްސަ ކަމަކީ އަހަރު ނިމުމުން އެއްލާލަން ނުޖެހުމެވެ. މި ފެށޭ އާ އަހަރަށް ހާއްސަ އަޕްޑޭޓަކާ އެކު މި ކަލަންޑަރު އަނެއްކާވެސް ބޭނުންކުރަންވީ އެވެ.
އެސްޓީއޯއިން ބުނީ ޕްރިންޓު ކަލަންޑަރެއް ނަމަ އަހަރެއްގެ މައްޗަށް އާންމުކޮށް އަށެއްކަހާސް ކަލަންޑަރު ޕްރިންޓު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން އެހާ ގިނަ ޕްރިންޓުކުރާ ކަލަންޑަރުތައް އުފެއްދުމާއި އުފުލުމުގައި ހީވެސް ނުކުރާ މިންވަރަށް ކާބަން ބޭރުވެފައިވާ ކަމަށް ބުންޏެވެ.ކަލަންޑަރު ޕްރިންޓުކުރުން ހުއްޓާލުމަކީ އުކާލެވޭ ކުނި މަދުކޮށް، ގަސްތައް ސަލާމަތްކޮށް، ކާބަން ފުޓްޕްރިންޓް ކުޑަކުރަަން އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. އަދި ޕްރިންޓު ކަލަންޑަރު އުފެއްދުމުގައި އެތަައް ވަސީލަތަކާއި ވަގުތު ހޭދަވާ ކަމަށާއި ޑިޖިޓަލް ކަލަންޑަރު ތައާރަފްކޮށް އަލުން ބޭނުން ކުރުމަކީ މިލިއަނުން ކުރާ ހޭދަ ސަލާމަތްކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.އެސްޓީއޯ އަކީ ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަލަންޑަރުގެ އިތުރުން ކުންފުނީގެ ހިންގުމުގައި ކަރުދާސް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށް ކޮށްފައިވާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ޝުއޫރު