ވިޔަފާރި
ޓްރީ ޓޮޕްގެ މާލޭ ޓީޓީއެޗް ކްލިނިކުގެ ހިދުމަތްތައް އިތުރުކޮށްފި
ޓްރީޓޮޕް ހޮސްޕިޓަލުގައި ބަލި މީހަކަށް ފަރުވާ ދެނީ --- ފޮޓޯ/ ޓްރީޓޮޕް
ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭގައި ހިންގާ ޓީޓީއެޗް ކްލިނިކްގައި ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އާ ހިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ.

ޓްރީ ޓޮޕުން ބުނީ ބޭސްގަނޑު ބަދަލުކުރުންފަދަ ކުދި ފަރުވާތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމެއް ކްލިނިކްގައި ހުންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްވެސް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ހިދުމަތްތައް މާލެއިން ފޯރުކޮށްދިނުމުން ކުރިން ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ހަރަދު ސަލާމަތްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވީ މާލޭގައި އެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ބަލިމީހާއަށް ފަސޭހައިން ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މާލޭގައި މި ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ބަލިމީހާއަށް ފަސޭހައިން ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ. އަޅުގަނޑުމެންގެ މަޤްސަދަކީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް އިޖާބަދިނުމާއި، ޚިދުމަތް ލިބިގަތުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުން." ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ޓީޓީއެޗް ކްލިނިކުން ލިބޭ ހިދުމަތްތައް:

  • ފެމިލީ މެޑިސިން ކޮންސަލްޓޭޝަން
  • ކުދި ޓްރީޓްމަންޓްތަކަށް ޙާއްސަ ޓްރީޓްމަންޓް ރޫމް
  • "ޕޯސްޓް-އޮޕް ރީހެބް" ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން / ފިޒިއޯތެރަޕީ
  • ޕެއިން / ތަދު މެނޭޖްކުރުމުގެ ފަރުވާ
  • ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ
  • ސްޓްރޯކް ރީހެބިލިޓޭޝަން / ފިޒިއޮތެރަޕީ
  • ކުޑަކުދިންގެ ރީހެބިލިޓޭޝަން / ފިޒިއޮތެރަޕީ
  • ސްޕޯޓްސް ތެރަޕީ
ޓީޓީއެޗް ކްލިނިކްގެ ފެމިލީ މެޑިސިން ޚިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 09:30 އިން އިރުއޮއްސި 6:00 އަށް ލިބޭނެއެވެ. ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަންސް ޚިދުމަތް ކުރިއެކޭ އެއްގޮތަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާން ޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު