ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު ދެގުނަ ކުރަނީ
ހަސަން ހަލީމް
02 ޖެނުއަރީ 2025 - 12:41
0
comments
Tweet
Telegram
މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ފެން އުފައްދާ އިތުރު ޕްލާންޓްތަކެއްގެ މަސައްކަތް ފެށުމަށް ވެސް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އޭނަ ވިދާޅުވީ މާލެ އާއި ހުޅުމާލެ އަށް ވެސް ހޯދަނީ 5،000 ޓަނުގެ ޕްލާންޓްތަކެއް ކަމަށެވެ.
މަތީން ވިދާޅުވީ މި މަޝްރޫއު މި އަހަރު ފުރިހަމަ ކުރުމަކީ އަމާޒެއް ކަމަށާއި މިއާ އެކީ މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު 30 ޕަސެންޓް އިތުރު ކުރެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދިނުމަށް މިހާރު ގާއިމުކޮށްފައިވާ ޕްލާންޓްތަކުން މިހާރު ދުވާލަކު 20،000 ޓަނުގެ ފެން އުފައްދަ އެވެ.
"އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިވަނީ ފަށާފައި. ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް މި ހޯދަނީ. 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާނަން. އަޅުގަނޑުމެންޖެ އަމާޒު ހުރީ، ފެން އުފައްދާ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރުން." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވި އެވެ.
ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކޮށް މި ސަރަޙައްދަށް ފެނުގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް ކުންފުނީގެ އަމާޒެކެވެ. މީގެދަށުން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތެވެ. މި މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
23 ދުވަސް ކުރިން
0
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
1 މަސް ކުރިން
0
ނިލަންދޫ ނަރުދަމާއިން ނަޖިސް ބޭރުވާ މައްސަލައެއް
2 މަސް ކުރިން
0
މާލެއާއި ހުޅުމާލެއާ ދެމެދު ގާއިމުކުރާ ފެނުގެ ވިއުގަ ޓެސްޓްކުރަން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
11 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
11 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
11 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
20 ގަޑިއިރު ކުރިން
0