ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާލެއާއި ހުޅުމާލެއާ ދެމެދު ގާއިމުކުރާ ފެނުގެ ވިއުގަ ޓެސްޓްކުރަން ފަށައިފި
އަލީ ރާޒީ
23 މާޗް 2025 - 11:39
0
comments
Tweet
Telegram
މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް އަޅާފައިވާ ފެން ހޮޅި ޓެސްޓްކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ދައުލަތުގެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ފެނުގެ ވިއުގަ ގާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް، ދެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު 3000 ޓަނުގެ ފެން ދައުރުކުރެވޭކަމަށް މަތީން ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭއިރު، 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެކަމަށް މަތީން ވިދާޅުވިއެ އެވެ.
މި ނިޒާމަށް ގާއިމުކުރަންޖެހޭ ޕަމްޕް ސްޓޭޝަން އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށާއި ޕަންޕް ސްޓޭޝަންގެ މަސައްކަތް ނިމުމުން އެތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭ ކަމަށްވެސް މަތީން ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ ހޮޅި އަޅާފައިވަނީ ސިނަމާލެ ބްރިޖު މެދުވެރިކޮށެވެ. އެމްޑަބްލިޔުއެސްސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ މެދުތެރޭ ފެނުގެ ވިއުގައިގެ ހިދުމަތް ފެށުމެވެ. އެ ގޮތުން އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހު ހިދުމަތްދޭން ފެށޭނެކަމަށް އެ ކުންފުނިން ލަފާކުރައްވަ އެވެ.
ރައީސް ޔާމީން ސަރުކާރުގައި ހުޅުވި ސިނަމާލެ ބުރިޖުގެ އަރިމަތީގައި މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ހޮޅިއެއް އަޅާފައި އޮވެ އެވެ. އެ ހޮޅި ބޭނުންކޮށް، މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފެށުނީ 2018 ވަނަ އަހަރު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އެމްޑަބްލިޔުއެސްސީން ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައިފި
16 ދުވަސް ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
1 މަސް ކުރިން
0
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
2 މަސް ކުރިން
0
ނިލަންދޫ ނަރުދަމާއިން ނަޖިސް ބޭރުވާ މައްސަލައެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތިލަ އުތުރު ވޮލީ މުބާރާތް: މިއަދު ހަވީރު މޮޅަދޫ އާއި މުރައިދޫގެ ކުރިމަތިލުމެއް
3 ގަޑިއިރު ކުރިން
0
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
3 ގަޑިއިރު ކުރިން
0
އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅަނީ
3 ގަޑިއިރު ކުރިން
0
އިމިގްރޭޝަނުން އޮޕަރޭޝަންތަކުގައި ބޮޑީ ކެމެރާ ބޭނުން ކުރަނީ
3 ގަޑިއިރު ކުރިން
0