ޚަބަރު
ރައީސް މުއިއްޒު މިރޭ އެސްޓޯނިއާއަށް ފުރާވަޑައިގެންފި
ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑރ. އަލަރް ކާރިސްގެ ދައުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ގުޅިގެން ކުރިއަށް ދެވިދާނެ ފުރުސަތުތައް ބައްލަވާނެ ކަމުގައި ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އެގޮތުން ޑިޖިޓަލް، ސައިބަ އަދި އީ-ގަވާނަންސްގެ ދާއިރާއާއި މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާ އިން ގުޅިގެން ކުރިއަށް ދެވޭނޭ ދާއިރާތައް ދެނެގަންނާނެ ކަމަށްވެސް ބުންޏެވެ.

ޔޫރަޕްގެ ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް ރައީސް މުއިއްޒު ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި އެކި ދާއިރާތަކުގެ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުގައި އެ ގައުމުގެ ރައީސާއި ކެބިނެޓުގެ ބައެއް ވަޒީރުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު