ޒިޔާދު ޕީއެންސީއަށް ވެއްދުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ގޮވައިލައިފި
މަރިޔަމް އަނާ
13 ޖެނުއަރީ 2025 - 18:57
0 comments
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާ ތަމްސީލުކުރައްވައި މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް އޭނާ ވައްދައިފައިވާ މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި އެވެ.އެ މައްސަލަ އީސީއިން މިހާރު ދަނީ ބަލަމުންނެވެ.އެމްޑީޕީން ބުނީ އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެމްޑީޕީން ވަނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާ އެކު އޮތްކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކޮށްފައި ކަމަށެވެ.ހަމައެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް އެ ޕާޓީން އީސީގައި އެދިފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.ފިއްޓޭ ވިދާޅުވި ގޮތުގައި އޭނާ ހުންނެވި ޕާޓީ އިން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެސެޖެއް ފޮނުވާނެ ކަމަށާއި އެ މެސެޖުވެސް ލިބިފައި ނުވާ ކަމަށެވެ.
ގާނޫނުއަަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހާ ގުޅިގެން ފިއްޓޭގެ މަޖިލިސް ގޮނޑިއާ މެދު މިބަދަލާ އެކު ސުވާލު އުފެދެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު