ހަސަނާއި ޝިފާޒް އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފި
އަލީ ރާޒީ
12 ޖެނުއަރީ 2025 - 20:13
0 comments
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް
ޑިމޮކްރެޓްސްގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވެސް މިއަދު އެނބުރި އެމްޑީޕީއަށް އަލުން ސޮއިކުރައްވައިފި އެވެ.ހަސަން ލަތީފާއި ޝިފާޒު، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ އެމްޑީޕީގައިވެސް އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން ޝިފާޒު ވަނީ އެމްޑީޕީގެ ނައިބް ރައީސް ކަން ކުރައްވާފަ އެވެ. އަދި ހަސަން ލަތީފް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފަ އެވެ.
ހަސަން ލަތީފާއި ޝިފާޒު އަކީ މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.ހަސަނާއި ޝިފާޒަކީ ޑިމޮކްރެޓްސްގެ ބާނީ ކުރީގެ ރައީސް ނަޝީދާ ވެސް ވަރަށް އަރިސް ދެ ބޭފުޅުންނެވެ.އެކަމަކު، ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ޕާޓީން ވަކިވެ، އެނބުރި އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ވެސް އެއްފަހަރާ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވުމުން ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާނާ އެވެ.
ކިޔުންތެރިންގެ ޝުއޫރު