ޑިމޮކްރެޓުންގެ ވަގުތީ ރައީސަކަށް ފިރުޝާން
އަލީ ރާޒީ
14 ޖެނުއަރީ 2025 - 11:04
0 comments
ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން, އެ މަގާމު އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހުސައިން ފިރުޝާނާ ރޭ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.ޑިމޮކްރެޓްސްގެ ރައީސް ކަމަށް ފިރުޝާން އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.
ޑިމޮކްރެޓުންގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާންޖެހޭނީ ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސްގެ ޒިންމާއާ ހަވާލުވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން ނައިބް ރައީސްއެއްގެ ގޮތުގައި ހުންނެވި އަލައިކާ އަދުނާން އެވެ. ޑިމޮކްރެޓްސް އިން ބުނީ ފިރުޝާން އިންތިހާބުކުރީ، ދާއިމީ ރައީސެއް ހޮވަންދެން، ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ރައީސެއް ހޮވަން ވެސް ފާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online