ޚަބަރު
ޑިމޮކްރެޓުންގެ އިސް ބޭފުޅުން ރައީސްއާ ބައްދަލުކުރައްވައިފި
އެމްޑީޕީއާއެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ފަހު، އަނެއްކާވެސް ސަރުކާރާ އެކުގައި މަސައްކަތްކުރަން ދަ ޑިމޮކްރެޓްސް އިސް ބޭފުޅުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފި އެވެ.

އެ ޕާޓީގެ އިސް ވެރިންގެ ތެރެއިން ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ އިއްޔެ ރައީސް މުއިއްޒާ ބައްދަލު ކުރައްވާފަ އެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާއި ރާއްޖޭގެ މާލީ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގައި ޑިމޮކްރެޓުންނަށް ބައިވެރިވެވެން އޮތް ގޮތަކީ ކޮބައިތޯ ބަލައި އެކަމުގައި ސަރުކާރާ އެކު މަސައްކަތް ކުރުން ކަމަށް އެނގިފައިވެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މީގެކުރިންވެސް ޑިމޮކްރެޓުންގެ ރައީސް ހަސަން ލަތީފް ވަނީ ރައީސް މުއިއްޒުއާ އެއްފަހަރު ބައްދަލުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު