ޚަބަރު
ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދަން އެއްބަސްވުމަކަށް
މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން މައުލޫމާތު ބަދަލުކުރުމަށް އެސްޓޯނިއާއެކު ދިވެހި ސަރޔކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެސްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް ގާއިމުކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދީ އަދި ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއް ހެދުމުގެ ބޭނުމަކީ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައި އިއާދަކުރަނިވި ހަކަތައިހެ ދާއިރާ ރާއްޖޭގައި ހަރުދަނާ ކުރުން ކަމަށެވެ.

ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުވެސް އިއްޔެ ވަނީ އެ ގައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑައާ ބައްދަލުކުރައްވާފަ އެވެ. 

ރައީސްގެ އެސްޓޯނިއާ ދަތުރަކީ ރާއްޖޭގެ ރައީސަކު ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު