ޚަބަރު
ހިންދޫ ފާދިރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ފާލުބަލާ އިންޑިއާގެ ކަހީނަކު ރާއްޖޭގައި ހިދުމަތްދޭ މައްސަލައެއް ސަމާލު ކަމަށް އައިސްފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 'މާސްޓާ ދުރްގާ ރާއޯ ގުރުޖީ' ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިފަދަ އިޝްތިހާރެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އެ އިދާރާ އިން އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް، ޓޫރިސްޓު ވިސާގައި އެ ފަދަ މީހަކު ރާއްޖެ އައިސްފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު