ޒަކިއްޔާގެ މަރުގެ ތަހުގީގުގަށް އެފްބީއައިގެ އެހީތެރިކަން ހޯދަނީ
އަލީ ރާޒީ
23 ޖެނުއަރީ 2025 - 13:18
0 comments
ޒަކިއްޔާ: އޭނާގެ މަރާ ގުޅިގެން ތުހުމަތުތަކެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ނުފެންނޭ
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީތެރިކަން ފުލުހުން ހޯދަން ފަށައިފިއެވެ.އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކޮޅެއްގައި ނުޖެހި ދިގުލައިގެން ގޮސްފައިވާ އެ މަރުގެ މައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް، އެހީ ހޯދާ ސަބަބު ފަހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.މީގެކުރިން ވެސް މަރުގެ ބޮޑެތި މައްސަލަތަކުގައި އެފްބީއައިގެ އެހީތެރިކަން ދިވެހި ފުލުހުން ހޯދާފައިވެ އެވެ.ނަމަވެސް އެފްބީއައި އިން ދިވެހި ފުލުހުންނަށް އެހީތެރިކަން ދެނީ ކިހާ މުއްދަތަކާށް ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ. އަދި، މި ތަހުގީގަކީ 'ހޮމިސައިޑު އިންވެސްޓިގޭޝަން' އެއްތޯ އެހުމުން ޝިފާން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރި ނަމަވެސް އޭނާގެ މަރުގައި އިތުރު އެހެން މީހެއްގެ ބަިއވެރިވުން އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަން ނުވަތަ މީހަކު މަރާލީ ކަމަށް ފުލުހުން އަދި މުޅީން ނިންމާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ޝުއޫރު