ހަސަން ހަލީމް
04 ފެބުރުއަރީ 2025 - 18:19
0 comments
މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި، ގާޒާގައި ތިބި ފަލަސްޠީނު ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދައި، "ދެ-ދައުލަތުގެ" ހައްލު ތަންފީޒުކުރުމަށް އަރަބި ގައުމުތަކުން ގޮވާލައިފި އެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު 25ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަނީ، ގާޒާގެ ރައްޔިތުން އުރުދުން އާއި މިސްރަށް ބަދަލުކުރުމުގެ ހިޔާލު ހުށަހަޅުއްވާފަ އެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުންނާއި ގައުމުން ނެރުމުގެ ނުރައްކާތެރި ހުށަހެޅުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގާޒާ "ސާފުކޮށް" އެތަނުގެ ރައްޔިތުން މިސްރާއި އުރުދުންއަށް ބަދަލުކުރުމަށް ވިސްނަވާކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް މިސްރާއި އުރުދުން އިން ވަނީ މި ހުށަހެޅުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ގާޒާއިން ނެރުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް އެ ގައުމުން އެއްބާރުލުން ނުދޭނެ ކަމަށެ
މި ހުށަހެޅުން އައީ ޖެނުއަރީ 19 ގައި ޣައްޒާގައި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއް ތަންފީޒު ކުރަން ފެށި ފަހުންނެވެ. އިޒުރޭލުން ގާޒާގެ ރައްޔަތުންނާ ދެކޮޅަށް ހިނގާ ގަތުލުއާންމުގައި
47،400 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ މިއަނިޔާވެރިކަމާއި ލާއިންސާނިއްޔާތާއި ޓެރަރިޒަމްގެ ފަހަތުގައި އޮތީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކެވެ. އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ހަތަރު ގައުމަކީ ވެސް ހުޅަނގުގެ ހަތަރު ގައުމެވެ. އެއީ އެމެރިކާ، އިނގިރޭސިވިލާތް ޖަރުމަނު އަދި ފަރަންސޭސިވިލާތެވެ.ގާޒާގެ ސަރުކާރާ އަދި ހުޅަނގު އައްސޭރީގައި ގާއިމްކޮށްފައިވާ ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ބުނާގޮތުން ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށޭނީވެސް ގައުކުނޑިތައް ނަގައި ގާޒާގެ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ލިބިދޭ ފޭލިގެތައް ޖަހައިގެންނެވެ. 6.5 ބިލިޔަން ޑޮރަލު ޚަރަދުވަނީ މިކަންކަމަށެވެ.