ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ގޭދޮށަށް އެއްވަނީ
މަރިޔަމް އަނާ
04 ފެބުރުއަރީ 2025 - 21:05
0
comments
Tweet
Telegram
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާ އޮންނަ ވަގުތާ ދިމާކޮށް އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކުރާ ގޭދޮށަށް އެއްވާން ނިންމައިފި އެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް އެއްވާ ގަޑިއެއް އެ ޕޯސްޓުގައި ބުނެފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފަ އެވެ. އެ ގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ ގުޅިގެންޗވެސް އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި އެވެ.
އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ކޮންމެ ފަހަރަކު ވެސް ފުލުހުން ވަނީ އެއްވުމަށް ހުރަސްއަޅާފަ އެވެ.
ބުރާސްފަތި ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ތައްޔާރުވަމުންދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. އެކަން އެނގެނީ މިދިޔަ ހަފްތާގެ ތެރޭގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވަކިކުރެއްވުމުންނެވެ.
ފައިސަލް، މަގާމުން ވަކިކުރެއްވި މައްސަލައިގައި އަދި އެއްވެސް ފަރާތަކުން ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެމަނިކުފާނާއި ރައީސް މުއިއްޒުއާ ދެމެދު ގުޅުން ރަނގަޅުނަމަ ރައީސް މުއިއްޒު، ފައިސަލް ވަކިނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެންނަ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
ލަންކާއާއި ރާއްޖެއާ ދެމެދު އޮތީ ހާއްސަ ގުޅުމެއް: ރައީސް
13 ގަޑިއިރު ކުރިން
0
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމަށް ރައީސް އިލްތިމާސްކުރައްވައިފި
6 ދުވަސް ކުރިން
0
ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
6 ދުވަސް ކުރިން
0
ހޯރަފުށީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ގޭދޮށަށް އެއްވަނީ
3 ގަޑިއިރު ކުރިން
0
މާބައިދޫ ކައުންސިލު މެންބަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
3 ގަޑިއިރު ކުރިން
0
އައިކެއާގެ ރޯދަ ޕްރޮމޯޝަނާއެކު ބޮޑެތި ޑިސްކައުންޓުތަކެއް
5 ގަޑިއިރު ކުރިން
0
ގާޒާ ހުސްކުރަން ޓްރަމްޕް ގެންގުޅުއްވާ ޕްލޭނާ އަރަބި ގައުމުތަކުން ދެކޮޅު
5 ގަޑިއިރު ކުރިން
0