ވިޔަފާރި
އައިކެއާގެ ރޯދަ ޕްރޮމޯޝަނާއެކު ބޮޑެތި ޑިސްކައުންޓުތަކެއް
އައިކެއާ އޮޕްޓިކަލްސްއިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ގޮތަށް "ނަޔާ ރޯދަ" ޕްރޮމޯޝަން ފަށައިފި އެވެ.

މި މަހު އެކެއްގައި ފެށުނު މި ޕްރޮމޯޝަން އޭޕްރިލް ހައެއްގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ހާއްސަ ކޮމްބޯ އޮފާ - ފްރޭމެއް ގަނެ އަވި އައިނަށް ބޮޑު ޑިސްކައުންޓެއް

މި އޮފާގެ ދަށުން ނަންބަރު އައިނެއް އައިކެއާއިން ހައްދައިގެން 1500 ރުފިޔާ އާ ހަމަޔަށް އަވިއަނުން ޑިސްކައުންޓް ލިބިގެންދާނެއެވެ. އެގޮތުން:

  • 500 ރުފިޔާގެ ޑިސްކައުންޓް - 1,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
  • 1,000 ރުފިޔާގެ ޑިސްކައުންޓް - 2,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
  • 1,500 ރުފިޔާގެ ޑިސްކައުންޓް - 3,000 ރުފިޔާއަށްވުރެ މަތީ އަގުގެ އަވި އައިނުތަކަށް
މި ބަންޑަލް އޮފަރުން ކަސްޓަމަރުންނަށް ނަންބަރު އައިނެއް ހެދުމަށްފަހު ހެޔޮ އަގެއްގައި ޕްރިމިއަން އަވިއައިނެއް ފަސޭހަކަމާއެކު ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފްރޭމްތަކުގެ އޮފާ - ޕްރީމިއަމް ފްރޭމްތަކަށް 1,500 ރުފިޔާގެ ޑިސްކައުންޓް!

މި އޮފާ ގެ ދަށުން 3000 ރުފިޔާއަށް ވުރެ މަތީގެ އަގުގެ ފްރޭމްތަކުން 1500 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. މިއީ ފެންވަރު ރަނގަޅު އައިނެއް ހެއްދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތުކެވެ!

ފެންވަރު ރަނގަޅު އައިނުގެ ފްރޭމެއް ބޭނުންތޯ 3,000 ރުފިޔާއަށްވުރެ މަތީ އަގުގެ ފްރޭމްތަކަށް 1,500 ރުފިޔާގެ ޑިސްކައުންޓް ލިބޭނެއެވެ.

  • އަވި އައިނުގެ އޮފާތައް - މުޅި މަހަށް ޚާއްސަ ޑީލްތައް!
  • ސަނީ ސެޓަޑޭސް - ޚާއްޞަކުރެވިފައިވާ އަވި އައިނުތަކަށް ފްލެޓް 990 ރުފިޔާ!
"ނަޔާ ރޯދަ" ޕްރޮމޯޝަނުގެ އެންމެ ފަހު އޮފާއެއްގެ ގޮތުގައި ހިމެނެނީ ހުރިހާ ބްރޭންޑެއްގެ އަވިއައިނަކަށް 30 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ އޮފާ އެވެ. އޭގެ ތެރޭގައި ޕްރިމިއަމް ބްރޭންޑުތަކުގެ އަވިއައިނުތައް ވެސް ހިމެނެ އެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރަތަކެއްގައި "ނަޔާ ރޯދަ" ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު